ޝާއިއު ކުރީ: ފެބްރުއަރީ 12, 2020 ލިޔުނީ: ޑރ. ޝާފިޔާ ކޮމެންޓްތައް: 0


މިއަދު ލިޔެލުމަށް ޤަޞްދުކުރާ މައުޟޫޢަކީ އޯޓިޒަމް ހުންނަ ކުދިންނަށް ދިރިއުޅުމުގެ ކަންކަން ދަސްކޮށް ދިނުމަށް ނުހަނު ބޭނުންތެރި އެއްޗަކާއި ބެހޭގޮތުންނެވެ. އެއީ އިނގިރޭސިބަހުން ބުނާނަމަ، ވިޝްއަލް ޝޭޑިއުލެވެ. މިއަށް ސީދާ ކިޔާނީ ދިވެހިބަހުން ކީކޭ ކަމެއް އަޅުގަނޑުގެ ވިސްނުމަށް އަދި ނާދެއެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަން ކިހިނެއް ބޭނުންކުރާ އެއްޗެއްކަމާއި އަދި އެ ބޭނުން ކުރުމުން ލިބިދޭ ފައިދާތަކަށް މިއަދުގެ ލިޔުމުގައި އަޅި އަލުވާލާނަމެވެ. ވިޝުއަލް (ނުވަތަ ތަސްވީރު) ޝެޑިއުލު ތައްޔާރުކުރުމަކީ އޯޓިޒަމް ކުދިންގެ މުވާޞަލާތުކުރުން ތަރައްޤީކުރުމަށާއި އަދި އެހެނިހެން ކަންކަން ތަންޒީމުކުރުމަށްވެސް ވަރަށް ބޭނުންތެރިކަމެކެވެ. ވިޝުއަލް (ނުވަތަ ތަސްވީރު) ޝެޑިއުލަކީ ދުވަހީ ދިރިއުޅުމުގައި ކުރާ ކަންކަމުގައި އަމިއްލައަށް ކަންކަން ކުރުމަށް އާދަކުރުވުމަށް ޓަކައި އެންމެ ގިނައިން ބޭނުން ކުރެވޭ އެއްގޮތެވެ. މީގެ ސަބަބުން ކުދިންގެ ވިސްނުން ތަރައްގީކޮށް އެކުދިންގެ އަމިއްލަ އޮޓޮނޮމީ/އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށް ހިތްވަރު ލިބި ތަމުރީނު ކުރެވެއެވެ. އޭގެ އިތުރުން އެކުދިންގ އަމިއްލަ ކަންކަން މެނޭޖްކުރުމުގައި އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވެ ނަފުސުގެ އިހުތިރާމް އިތުރުވެގެންދެއެވެ.

ވިޝުއަލް ޝެޑިއުލަކީ ކޮބައި ހެއްޔެވެ؟

ވިޝުއަލް ޝެޑިއުލަކީ އާދައިގެން މަތިން އާންމުކޮށް ކުދިންކުރާ ކަންތައްތަކާ ގުޅޭ ތަސްވީރުތަކާއި އެކަންތައްތައް ތަމުސީލުކުރާ އެކި ކަންކަން ލިޔެވިފައިވާގޮތަށް ތައްޔާރު ކުރެވޭ ގިނަކަންތައްތަކެއް ހިމެނޭ ފޯލްޑާރއެކެވެ. ކުރަން ޖެހޭ ކަންތައްތަކެއް ހަރަކާތްތަކެއް (އެކްޓިވިޓީ) ނުވަތަ އާންމު ދިރިއުޅުމުގައި ބޭނުންޖެހޭ ކަންތައްތަކެއް ތަމްސީލުކުރާ ތަސްވީރުތަކުގެ އެކުލަވާލެވުމެވެ. މި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ފިޔަވަޅުތަކަށް ބަހާލައިގެން ދުވަހީ ދިރިއުޅުމުގައި ބޭނުންވާ ކޮންމެ ރޫޓިން ހިމަނައިގެން ތައްޔާރު ކުރެވެއެވެ. ވިޝުއަލް ޝެޑިއުލްތަކުގައި ތަސްވީރުތަކާއި، ފޮޓޯތަކާއި، ގްރެފިކްސްތަކާއި، ބަސްތައް އެއްކޮށްލައިގެން ބޭނުންވާ ވަކި ވަކި ކަންކަމަށް އަމާޒުކޮށްގެން މަޤްޞަދު ޙާޞިލުކުރެވެއެވެ. އެހެން ގޮތަކުން ދަންނަވާނަމަ، ވިޝުއަލް ޝެޑިއުލްތަކުގެ ސަބަބުން ކުދިން އުޅެންވީ ގޮތާއި، ކުރަންވީ ކަންތައްތަކާއި، ތިބެންވީ ތަނާއި، ހަދަންވީ ގޮތާއި، ވަކި ވަކި ކަން ކުރަންވީ ކޮން އިރަކުކަން ހަނދާން ކޮށް ކުރުމަށް ތަމުރީނު ވެސް ދެވެއެވެ.

ވިޝުއަލް ޝެޑިއުލްތަކުގެ ފައިދާތައް

ވިޝުއަލް ޝެޑިއުލްތަކަކީ ތަންފީޒުކުރަން ފަސޭހަ އަދި ހުރިހާ އުމުރެއްގެ ކުދިންނާއެކު ބޭނުންކުރެވޭނެ ޝެޑިއުލްތަކެކެވެ. ތިރީގައި މިވަނީ ވިޝުއަލް ޝެޑިއުލްތަކުގެ ގިނަ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތަކެވެ.

  1. ސްޓްރަކްޗަރ އާއި ޕްރެޑިކްޓެބިލިޓީ

ގޭގައި އަދި ސްކޫލް ފަދަ އެކި މާހައުލުތަކުގައި ކުދިންގެ ކަންކަން ތަރައްގީކޮށް ކުރިއަރުވަމުން ދިއުމަށް އެކުލަވާލެވޭ އޮނިގަނޑަކާއި، ކަންތައްތައް ތަރުތީބު ކުރެވިގެން ގެންދިއުމަށް ހަމަޖައްސާލެވޭ މުހިންމު ރޫޓިން ގައިޑެކޭވެސް ބުނެވިދާނެއެވެ. ކުދިންނަށް ދުވަހީ ނުވަތަ ހަފްތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތަކާއި އަދި  ވަކި ވަކި ދުވަސްތަކުގައި ކުރާ ކަންތައްތަކުގެ ރޫޓިންތައް ވެސް އެކުލަވާލާ ޝެޑިއުލުތަކުގައި ތައްޔާރުކުރެވެއެވެ. މީގެ ސަބަބުން ކުއްޖާއަށް ދިމާވެދާނެ ކަންކަމަށް ކުރިޔާލާ ތައްޔާރުކުރުމަށް ވެސް އެހީތެރިވެދޭ ގޮތަށް އަދި ކުދިންނަށް ކުރިމަތިވެދާނެ ގެއްލުމަކުން، ނުތަނަވަސްކަމުން، ހިތްހަމަ ނުޖުހުމަކުން ރައްކައުތެރި ކުރުމާއި އަމާންކަމުގެ އިހުސާސް ކުރުވާނެ ކަންތައްތައްވެސް އޭގައި ހިމެނިފައިވާނެއެވެ. މިފަދަ ޝެޑިއުލުތަކަކީ ގިނަފަހަރަށް ބައިވަރު ތަސްވީރުތައް ހިމެނޭ އުފުލައިގެން ނުވަތަ އަބަދު ހިފައިގެން އުޅޭ އެއްޗަކަށް ވާތީ އެ އުފުލުމުގައި އެންމެ ތުއްތުކުދިންނަށް އެހީތެރިކަން ބޭނުންވާނެއެވެ. ސަބަބަކީ ވިޝުއަލް ޝެޑިއުލަކީ އެ ރަނގަޅަށް ބޭނުންކުރާނަމަ، އަބަދުވެސް ހިފައިގެން އުޅެންޖެހޭ އެއްޗަކަށްވާތީ އެ ތައްޔާރުކުރުމުގައި މާބޮޑަށް ބަރު ނުވާނެހެން، ލުއި ތަކެތި ބޭނުންކޮށްގެން ގެންގުޅުމަށް ފަސޭހަގޮތަށް ތައްޔާރުކުރަން ޖެހޭ އެއްޗެކެވެ. ވިޝުއަލް ޝެޑިއުލެއްގައި ކޮންމެ ދުވަހެއްގައި ކުރަންޖެހޭ ކަންކަން ސާފުކޮށް ލިޔެވި ތައްޔާރުކުރެވިފައި ހުރުން މުހިންމެވެ. އަދި ވިޝުއަލް ޝެޑިއުލަކީ ކުއްޖާގެ ކަންކަން ވަކި އުސޫލަކުން ގެންދިއުމަށާއި ރޭވުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. ސްކޫލުގައި ގޭތެރޭގައި އަދި މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި ވެސް ވިޝުއުލް ޝެޑިއުލުގެ ބޭނުން އެދެވޭ ގޮތުގައި ކުރާނަމަ އޯޓިޒަމްހުންނަ ކުދިންގެ ކަންކަން އިންތިޒާމުކުރުމަށް ނުހަނުބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

  1. ވިސްނުން އިތުރުކުރުން

ދިރާސާތަކުން ހާމަކުރާގޮތުގައި ވިޝުއަލް ޝެޑިއުލަކީ ކުދިންނަށް ކަންކަން ކުރަންވާ ގޮތް ރަނގަޅަށް ދަސްވެ، އޯޓިޒަމް ހުންނަ ކުދިންގެ މުވާޞަލާތުކުރުމާއި އާންމު ދުވަހީ ދިރިއުޅުމުގެ ކަންކަމާ ގުޅޭ ވިސްނުންތައް ތަރައްގީކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި އޭގެ ސަބަބުން އެކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ނުތަނަވަސްކަންކަމުން ދުރުކުރެވި ހަމަޖެހުމަށް ބޭނުންވާ ކަންކަމަށްވެސް އެހީތެރިވެދެއެވެ. މިގޮތުން ތަފާތު ކަންކަމަށް ޝެޑިއުލުތައް ވަކިންވެސް ހެދިފައި ހުރެއެވެ. މިސާލަކަށް ކެއުމުގެ ވަގުތުތަކުގައި ކުއްޖާ ކުރަންޖެހޭ ކަންކަމާއި ހަދަންވީ ގޮތްތައް ބުނެދޭ ފިޔަވަޅުތައް ދައްކުވައިދޭ ޝެޑިއުލެއް ބޭނުންކުރުމުން މުދައްރިސުންނަށް ވެސް ސްކޫލުގައި އެހީތެރިވެދޭނެއެވެ. ހަމައެފަދައިން އަމިއްލަ ސާފުތާހިރުކަމާ ބެހޭގޮތުން ކިޔަވައިދިނުމަށް ތައްޔާރު ކުރެވިފައިވާ ވިޝުއަލް ޝެޑިއުލްތައް ވެސް އެކަމެއްގެ ބޭނުން ޖެހޭ ވަގުތެއްގައި އެ ބޭނުންކުރުމުން އެހީތެރިވެދީ ތަމުރީނު ދެވެއެވެ. މިފަދަ ކޮންމެ ކަމަކީވެސް އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުން ކަންކަމަށް އިތުރު ކުރުވާ ކަންކަމެވެ.  އޯޓިޒަމް ހުންނަކުދިންގެ ދިރިއުޅުމުގެ ކަންކަން ރާވައި ތަންޒީމުކުރުމުގައި ކުއްޖާއަށް ތަމުރީނު ދޭންޖެހޭ ކަން ކުރިން ލިޔެވިދިޔަ ބައިތަކުގައިވެސް އިޝާރާތް ކުރެވިފައިވާނެއެވެ.

  1. ބައިވެރިވުން އިތުރުކުރުން

ތުއްތު ކުދިންނަކީ ތަބީޢަތުގައިވެސް ބޮޑެތި މީހުންގެ ސަމާލުކަން ބޭނުންވާ ބައެކެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަކުދިންނަކީ ސަމާލުކަން އެހެންކުދިންނަށް ވުރެ ބޮޑަށް ބޭނުންޖެހޭ ބައެކެވެ. ސަބަބަކީ އެކުދިންގެ އާންމުދިރިއުޅުމުގެ ކަންކަން މެނޭޖްކުރުމުގައި އެތައް ގޮންޖެހުންތަކެއް އެކުދިންނަށް މެދުވެރިވެއެވެ. ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުން ދާއިމީ ގޮތެއްގައި ކުއްޖާއަށް ބޭނުންވާ އެހީތެރިކަމަށް ލުއިތަކެއް ގެނުވައި، އަދި ކުއްޖާވަކި ގޮތަކަށް ތަމުރީނު ކުރުވުމުގައި އޭނާގެ ބައިވެރިވުން އިތުރު ކުރެވެއެވެ. ވިޝުއަލް ޝެޑިއުލްތައް ބޭނުންކުރަން ފެށުމުން ކުދިންނަށް އާންމުކޮށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު އާދަކުރުވެއެވެ. އަދި ވަކި ވަކި ކަންކަން ކުރާއިރު ގެންދަންވާ ފިޔަވަޅުތައް ވެސް ދެނެގަނެވެއެވެ. މިސާލަކަސް ކެއުމުގެ ވަގުތުތައް ކަންކަންކުރަންވާ ގޮތް، ސާފުތާހިރުވުމުގައި ކަންކަން ކުރަންވާ ގޮތް، ސްކޫލަށް ގޮސް ވަނުމަށް ފަހު ކަންކަން ކުރަންވާ ގޮތް، މިއިން ކޮންމެ ކަމަކަށް ވިޝުއަލް ޝެޑިއުލު ބޭނުންކުރުމުގެ ސަބަބުން ކުއްޖާއަށް ތަމުރީނު ދެވެމުންދަނީ އެކުއްޖާގެ ބައިވެރިވުމާއި އެއްބާރުލުމާއެކުއެވެ. ކުއްޖާ ބޮޑުވަމުންދާ ވަރަކަށް މިކަންކަން އާދަތަކަކަށް ވެގެންދެއެވެ. ނަމަވެސް މިކަންކަމަކީ ކުއްޖާގެ އާދަތަކަށް ހެދޭނި ވިޝުއަލް ޝެޑިއުލުފަދަ އެހީތެރިގޮތްތައް އެކުދިން ތުއްތު އިރު ބައިވެރިކޮށްގެން ތަމުރީނު ކުރުވައިގެންނެވެ.

  1. ނުތަނަވަސްވުން ކުޑަކުރުން

އޯޓިޒަމް ހުންނަ ކުދިންނަކީ ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަން ކުރުމުގައިވެސް އުނދަގު ނުތަނަވަސްކަންތައްތަކެއް ކުރިމަތި ކުރުވާފާނެ ބައެކެވެ. ކަމަކީ އާންމު ކުއްޖަކަށް ވަރަށް އާދައިގެ ކަމަކަށް ވިޔަސް އޯޓިޒަމް ހުންނަ ކުއްޖަކަށް އެއީ ބޮޑުކަމަކަސް ނުވަތަ ގޮންޖެހުމަކަށް ވެދާނެއެވެ. ގިނަފަހަރަށް ދިރިއުޅުމުގެ އާދައިގެ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން އެ ކުދިންގެ ދިމާވާ ހާސްކަމާއި ނުތަނަވަސް ކަން އިތުރުވެގެންދަނީ ކަންކުރަންވާ ގޮތް ނުވަތަ ހަދަންވީ ގޮތް އެކުދިންނަށްވެސް އަދި ގާތުގައި އުޅޭ މީހުންނަށްވެސް އެއްގޮތްތަކެއް ނުހިފެހެއްޓޭތީއެވެ. ވިޝުއަލް ޝެޑިއުލަކީ ތައްޔާރުކުރެވިފައިވާ އެއްޗަކަށްވުމުން ކުއްޖާއާއެކު މުޢާމަލާތު ކުރާއިރު އެއްގޮތަކަށް އެކައްޗެއް ދައްކައިގެން އެންމެވެސް އެއްގޮތްތަކެއް ހިފަހައްޓައިގެން ކަންތައް ކުރުމުން ކުއްޖާއަށް ދިމާވާ ދަތިތަކުގައި، އުނދަގޫތަކުގައި އެހީތެރިވެދެއެވެ. އަދި ހަމައެހެންމެ، ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމުން ކުދިންގެ އުނގެނުމާއި މުދައްރިސުންނާއި އެކުވެރިންނާއި މާހައުލުގައި ދިމާވާ ނުތަނަވަސް ކަން މެދުވެރިވާ ކަންކަން މެނޭޖުކުރުމަށާއި އަދި ދިމާވާ ނުތަވަނަސްކަން މަދުކުރުމަށް ވެސް އެހީތެރިވެދޭނެއެވެ. އާންމުކޮށް ކުދިންނަށް އެމީހުންގެ ދުވަހީ ކަންކަމުގައި ކޮންމެ ދުވަހަކު ދެން ވާނެ ގޮތަކާމެދު ހާސްކަން ކުރިމަތިވެދާނެއެވެ. ވިޝުއަލް ޝެޑިއުލު ބޭނުންކުރަން ފެށުމުން އެކަން ތަންޒީމު ކުރުމުގައި ކުރިއަށް ހުންނަ ކަންކަމުގައިވެސް ކަންބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ވަކި ޤަވާޢިދަކުން ވަކި އުސޫލަކުން، ކަންކަން ތަރުތީބު ކުރުމަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ކަންކަން ތަރުތީބުވަނިވި ގޮތަކަށް އެއްގޮތްތަކަށް ކަންކަން ވެގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

  1. ޒިންމާދާރުވާން ހިތްވަރުދިނުން

އޯޓިޒަމް ހުންނަ ކުދިންނަކީ ވަރަށް ގިނަފަހަރަށް އެކުދިންގެ ދުވަހީ ދިރިއުޅުމުގެ ކަންކަން މެނޭޖުކުރުމުގައި އެހެން މީހުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކުދިބައެކެވެ. އެކުދިންގެ އަމިއްލަ ކަންކަން އަމިއްލައަށް ތަންޒީމުކުރުމަށް ދަސްކޮށްދިނުމަކީ އެކުދިންގެ ދުޅަހެޔޮކަން އެތަށް ގުނައެއް އިތުރުވާނެ ކަމެކެވެ. އެހެން މީހުންގެ އެހީތެރިކަމާއި އިރުޝާދެއް ނެތި އުނދަނގޫ ކަންކަން އަމިއްލައަށް ކުރުމަށް ވިޝުއަލް ޝެޑިއުލު ބޭނުންކޮށްގެން ހިތްވަރުދެވޭނެއެވެ. ކުއްޖާގެ އަމިއްލަފައިމައްޗަށް ތެދުވެ ކަންކަން ކުރަން ދަސްކޮށްދިނުމަށް މިއީ ވަރަށް ބޭނުންތެރިކަމެކެވެ. ވިޝުއަލް ޝެޑިއުލްތަކުގައި އެހީގައި އެއް ފިޔަވަޅުން އަނެއް ފިޔަވަޅަށް ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގައި ތަމުރީނު ދެވިއްޖެނަމަ، މިފަދަ ކުދިން އަމިއްލަކަންކަން ކުރުމުގައި ޒިންމާދާރު ކުރުވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.  އޭގެ އިތުރުން އެހެންމީހުންގެ އެހީތެރިކަމަށް ހުރިހާ ފަހަރަކު ބޭނުން ނުޖެހި މިނިވަންކަމާއެކު ކަންކަން ކުރުމަށް އެހީތެރިވެދޭ ވިޝުއަލް ޝެޑިއުލު އެހީތެރިވެދެއެވެ. މިކުދިންނަށް އެކުދިންގެ އާންމު ދިރިއުޅުމުގެ ކަންކަން ފައިދާހުރި ގޮތެއްގައި ބެލެހެއްޓުމާއި، ރަނގަޅު ގޮތްތައް ނިންމުމާއި، ދުވަހީ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ވިޝުއަލް ޝެޑިއުލްތަކާއެކު އިންތިޒާމުކުރުމުން ކަންކަން އަމިއްލަށް ކުރެވުމުގެ ޔަގީންކަމާއި އިހުސާސް ތަރައްގީވާނެއެވެ.

  1. އަމިއްލަނަފުސުގެ އިތުބާރު އުފެދުމާއި ޔަގީންކަން އިތުރުވުން

އާންމު ދިރިއުޅުމުގެ ކަންކަން އެހެން މީހުންގެ އެހީތެރިކަމާއެކު އަބަދު ކުރަން ޖެހުމަކީ އެކުދިންނަށް ނުތަނަވަސްކަމާއި އެހެންމީހުންގެ މައްޗަށް ބަރޯސާވުމުގެ ގޮތްތައް އަށަގަންނަމުންދާ ކަމެކެވެ. އެ ކުދިންނަށް ބޭނުންވާ ކަންކަން އަމިއްލަ ކުރެވުމަކީ ނަފުސުގެ އިތުބާރު އިތުރުވެ، އަމިއްލަ ގާބިލުކަން ޔަގީންކުރެވޭނެ ވެސް ގޮތެކެވެ. ވިޝުއަލް ޝެޑިއުލު ބޭނުންކުރުމުން ދުވަހީ ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް އެހެންމީހުންގެ އެހީތެރިކަން ބޭނުންވާ މިންވަރު އެތައްގުނައެއް މަދުކުރެވޭނެއެވެ. ހަމައެހެންމެ އެހެންމީހުންގެ ބެލުމުގެ ދަށުގައި ހުރިހާ ކަމެއް ކުރުމަށް މަޑުކުރުމަށް ޖެހޭ ޖެހުން މަދުވުމުން ދިމާވާ ނުތަނަވަސްކަމާއި ހަދާނެ ގޮތްހުސްވުމުގެ އިހުސާސް ކުޑަކުރެވޭނެއެވެ.  އާންމުކޮށް ގިނައިން މާޔޫސްވުމާއި، ކަންކަން ނުވުމުގެ އިހުސާސްގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސުގެ އިޙްތިރާމާއި އިތުބާރަށް ނުރަނގަޅު އަސަރުކުރުވައެވެ. ވިޝުއަލް ޝެޑިއުލްތަކުގެ ސަބަބުން ކުރަންވާ ކަންތައްތައް ކުރަން ޖެހޭ ވަގުތުތައް، ކުރޭނެ ގޮތް އެނގުމުން ކަންކަން ފަސޭހަވެ، އެމީހުންގެ ކަންކަން ތަންޒީމު ކުރުމުގެ ހުނަރު ތަރައްޤީވެއެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ނަފުސުގެ އިތުބާރު ބޮޑުވެ، ކަންކަން ކުރެވުމުގެ ހިތްހަމަޖެހުމާއި ކާމިޔާބުގެ އިހުސާސް ތަރައްގީވުމަށް ހިތްވަރު ލިބިގެންދެއެވެ.

  1. އުނދަގޫ ސުލޫކުތައް މެނޭޖުކުރުމަށް އެހީތެރިވުން

ވިޝްއަލް ޝެޑިއުލު ބޭނުންކުރަން ފަށާއިރު ބައެއް ކުދިން ދުވަހުން ދުވަހަށް ޝެޑިއުލް ހަރަކާތްތަކުގައި ބޭނުންކުރުމަށް ނުރުހުން ފާޅުކޮށްފާނެއެވެ.  ސަބަބަކީ ބައެއް ކުދިންނަށް ކަމެއް ބަދަލުކުރުމުން  ނުވަތަ ޓްރާންސިޝަންތަކުގެ ސަބަބުން މާޔޫސްކަން ނުވަތަ ހާސްކަން އުފެދި، ގޮންޖެހުންތަކެއް ގޮތަށް އިހުސާސްކުރެވުމެވެ. ނަމަވެސް އުނދަގޫކަންކަން އެޝެޑިއުލް ބޭނުންކޮށްގެން ކުރަން ފެށުމުން އަދި ތަމުރީނުގެ ތެރެއިން ކަންކަން ކުރެވެން ފެށުމުން ކުއްޖާއަށް މަޑުމަޑުން ހަމަޖެހުން ލިބެމުން ދާނެއެވެ. އެއްވެސް ކަމެއް ފުރަތަމަ އަޖުމަ ބަލާއިރު އެންމެ ފުރިހަމައަށް ވާނެކަމަށް އުއްމީދު ކުރުން ރަނގަޅެއް ނޫނެވެ. ކެތްތެރިކަމާއެކު އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކޮށް ވިޝުއަލް ޝެޑިއުލް ބޭނުންކުރުން މުހިންމެވެ. ވިޝުއަލް ޝެޑިއުލްތައް ބޭނުންކޮށްގެން ކަންކަން ތަންފީޒުކުރުމަކީ އޯޓިޒަމް ހުންނަ ހުރިހާ ކުދިންނަށްވެސް އިހުސާސްވާނެ ގޮތުގައި ބަދަލެކެވެ. ނުވަތަ ޓްރާންސިޝަންއެކެވެ. ނަމަވެސް ވިޝުއަލް ޝެޑިއުލު ބޭނުން ކުރުމަކީ ދިރިއުޅުމުގެ ކަންކަން ގެންދާވާ ތަރުތީބުތަކާއި، ގޮތްތައް ސާފުކޮށް އެނގުމާއި، އެޝެޑިއުލުގައިވާ ގޮތަށް މެނޭޖްކުރެވޭނެ ގޮތް ފަހިވެފައި އޮތުމާއި، އަދި ދެން އޮންނަ ކަންތައްތައް ކުދިންނަށް ޕްލޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ވެސް ކަމެކެވެ. ދޭހަ ސާފު ޢިބާރާތްތަކާއެކު ހެދިފައިވާ ތަސްވީރުތަކާއި ގްރެފިކްސް އާއި އެކު ސާދާ، ފިޔަވަޅުތައް ގެންދާނެ ގޮތްތައް ދެނެގަނެވުމުގެ ސަބަބުން ވަކިވަކި ކަންކަން ކުރަންވީ ގޮތް ތަރުތީބުތަކާއެކު ކުދިންނަށް ވިސްނައިދީ، ހާސްކަމާއި މާޔޫސްކަން ކުޑަކުރެވޭ ގޮތަށް ގެންދިއުމަށް އެހީތެރިވެދެއެވެ. އޯޓިޒަމް ހުންނަ ކުދިން ދާ އެހެނިހެން ތަންތަނުގައިވެސް ވިޝުއަލް ޝެޑިއުލްތައް ބެހެއްޓުމަކީ ގޮންޖެހުން ބޮޑު އުނދަގޫ ސުލޫކުތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް ދުވަސް ނިމުމުގެ ރޫޓިން ކްލާސްރޫމް ދޮރު ކައިރީގައި ހަރުކޮށްފައި ހުރުމުން ކޮންމެ ދުވަހަކު ގެއަށް ދާން ތައްޔާރުވާއިރު ކުރަން ޖެހޭ ކަންކަން ކުއްޖާއަށް ހަރުފަތްތަކެއްގެ ވިޝުއަލް އެހީގައި ކުރިޔަށް ގެންދެވިދާނެއެވެ. މިފަދަ ކޮންމެ ގޮތަކީވެސް ކޮންމެ ފަހަރަކު މުދައްރިސް ބުނެ ހަދާންކޮށްދީ ހުރިހާ ކަމެއް ތަފުސީލުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި ވިޝުއަލް ޝެޑިއުލުގައި ވާ ތަރުތީބުން ކަންކަން ކުރުމަށް ކުއްޖާ ތަމުރީނު ކުރެވޭނެއެވެ.

މިއަދު މިހިމަނާލެވުނީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަރަށް މުހިންމު އެއްޗަކާއި ބެހޭގޮތުންނެވެ. ޚާއްޞަކޮށް މިއަދު މި ބަލާލެވުނީ ދުވަހީ ދިރިއުޅުމުގައި މުވާޞަލާތުކޮށް ކަންކަން ކުރުމަށް ވިޝްއަލް ޝެޑިއުލުގެ ބޭނުންތެރިކަމާ ބެހޭގޮތުންނެވެ. ދެން ފަހަރަކުން ލިޔާ ބައިގައި ސީދާ ވިޝްއަލް ޝެޑިއުލް ހަދާ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހިމަނާލުމަށް ގަސްދުކުރަމެވެ. އުއްމީދަކީ މިއަދުގެ މަޢުލޫމާތު ކޮޅަކީވެސް ބެލެނިވެރިންނާއި މުދައްރިސުންނަށް ލާބަކުރުވާނެ އެހީތެރިކަމެއް ފޯރުކޮށްދޭނެ މަޢުލޫމާތު ކޮޅަކަށް ވުމެވެ.

ވިޝުއަލް ޝެޑިއުލެއް ހަދާނެ ގޮތް

ވިޝުއަލް ޝެޑިއުލްގެ ޓެމްލޭޓްތަކަކީ އިންޓަރނެޓްގައި ވަރަށް އާންމުކޮށް ލިބޭ އެއްޗެހިތަކެކެވެ. ހަމައެހެންމެ، އެއީ އެކި ކުދިންނާއި ގުޅޭ ގޮތަށް އަމިއްލައަށް ވެސް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. އަމިއްލައަށް ވިޝުއަލް ޝެޑިއުލް ތައްޔާރުކުރުމުން ކްލާސްރޫމާއި މަންހަޖާއި ކުދިންގެ ތަރައްގީއަށް ބޭނުންވާ ޚާއްޞަ ބޭނުންތަކަށް އެކުދިންނާއި ގުޅޭ ގޮތަށް ތައްޔާރު ކުރުމުގެ ފުރުސަތު ބޮޑުވެއެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ލިބޭ ނަތީޖާވެސް ރަނގަޅުވާނެއެވެ.

ވިޝުއަލް ޝެޑިއުލެއް ހަދާނެ ގޮތުގެ ހަރުފަތަކަށް ފަހު ހަރުފަތެއްގެ ގައިޑް

ފިޔަވަޅު

ބޭނުންވާ ކަންތައް

މިސާލު

ފިޔަވަޅު 1

ފޯކަސް ކުރަންޖެހޭ ރޫޓިންއެއް ދެނެގަތުން

މިސާލަކަށް ކޮންމެ ދުވަހަކު ހެނދުނުގެ ވަގުތުގައި ލުއި ކާނާ ކެއުމުގެ ވަގުތު ނުވަތަ ކޮންމެ ދުވަހެއް ނިމުމުން ކުރާނެ ކަންތައް/ރޫޓިންއެއް ތަކަށް ވިޝުއަލް ޝެޑިއުލް ހެދުން

ފިޔަވަޅު 2:

ހަމަޖެއްސި ކަންތަކަށް ޢަމަލުކުރެވޭނެ ފިޔަވަޅުތަކަށް ބަހާލުން

ކޮންމެ ކަމެއްވެސް ކުރާނެ ގޮތުގައި ކުޑަ ތަސްވީރަކާއެކު ކުރު ލިޔުމަކުން ލިޔެލުން. ޢިބާރާތް އޮންނަން ޖެހޭނީ ކުއްޖާ ކުރާ ކަމަކަށެވެ.

3 ވަނަ ފިޔަވަޅު:

ޝެޑިއުލް ދިގުދެމިގެންދާނީ ކިހާ ދުވަހަކަށްތޯ ނިންމުން

ކުދިންގެ ޤާބިލުކަމަށް ބަލާއިރު، ކުރު މުއްދަތެއްގެ ޝެޑިއުލްތަކުން ފެށިގެން، އޭގެ ފަހުން މާ ކޮމްޕްލެކްސް ހަރަކާތްތަކަށް އަޕްގްރޭޑް ކުރެވިދާނެ ޝެޑިއުލުތައް ހުރެއެވެ. މާނައަކީ ކުއްޖަ އެކަމަކަށް އާދަ ހިފެމުން ދާވަރަކަށް ޝޭޑިއުލަށް އިތުރު ކަންތައް ހިމެނިދާނެއެވެ.

4 ވަނަ ފިޔަވަޅު:

އެކަށީގެންވާ ވިޝުއަލް ފޯމެޓްތައް ހޮވުން

އަމާޒުކުރެވެ ކަންކަމާއި ގުޅޭ ފޮޓޯތަކާއި، ދޭހަވާ ގްރެފިކްސްތަކާއި، ޔުނިވާސަލް (އެންމެންނަށް އިނގޭ) ސިމްބަލްތަކާއި، ތަސްވީރުތަކާ ގުޅުވިފައިވާ ލިޔުންތަކަކީ ރަނގަޅު ވިޝުއަލް ޝެޑިއުލަކަށް މުހިންމު ފޯމެޓްތަކެކެވެ. ހިމަނާ ކަންކަން އިތުރަށް ރިލޭޓެބަލް (ގުޅުން) ކުރުމަށްޓަކައި ޕާސަނަލައިޒް (ސީދާ ކުއްޖާއަށް) ކުރުން މުހިންމެވެ. އެ ޕްރޮސެސްގެ ފިޔަވަޅުތައް ފުރިހަމަކުރާ ވަކިވަކި ކުއްޖާގެ ފޮޓޯތައް ހިމަނުން ވަރަށް މުހިންމުވާނެއެވެ. އަދި ލިޔާލިޔުންތަކުގައި ކުއްޖާގެ ޢިބާރާތް ބުނަން ޖެހޭ ބަސް އޮންނަ ގޮތަށް ވެސް އޮތުން މުހިންމެވެ.

 

5 ވަނަ ފިޔަވަޅު: މައިކްރޮސޮފްޓް ވޯޑް ފަދަ ހިލޭ ޕްރޮގްރާމެއް ބޭނުންކޮށްގެން ތިމާގެ ވިޝުއަލް ޝެޑިއުލް އެއްކޮށްލާށެވެ. ޕަބްލިޝަރ، ނުވަތަ ޕަވަރޕޮއިންޓް. ނުވަތަ ގްރެފިކް ޑިޒައިން އަށް އަހުލުވެރިވެފައިވާނަމަ އެޑޯބް ފޮޓޯޝޮޕް އަދި ކެންވާ ފަދަ ގްރެފިކް ސޮފްޓްވެއާތަކަށް ވެސް ވިސްނާލެވިދާނެ އެވެ.

6 ވަނަ ފިޔަވަޅު: ކުދިންނަށް ވިޝުއަލް ޝެޑިއުލަށް އަހުލުވެރިވުމަށް އެހީތެރިވުން. އެމީހުންނަށް ޕިކްޗަރ ޝެޑިއުލް ތަޢާރަފްކޮށް، އެއީ ކޮން ވާހަކައެއްކަން ކިޔައިދީ، އެއަށް އަމަލުކުރާނެ ގޮތް ދައްކާށެވެ.

7 ވަނަ ފިޔަވަޅު: ޝެޑިއުލް ބޭނުންކުރާއިރު ނުވަތަ އަމިއްލައަށް މަސައްކަތެއް ފުރިހަމަކުރާއިރު ކުއްޖަކު ކުރި ބުރަ މަސައްކަތަށް (އެބަހީ، “ތިބާ އެކަން ކުރި!) ގަބޫލުކުރުން.

 

ވަރަށް ގިނަ ދިރާސާތަކެއްގެ ސިސްޓަމެޓިކް ލިޓްރެޗަރ ރިވިއުއެއްގައި، ހޭސް، ހިރާނޯ، މާކޫ، މޮނިބީ، އެންގްޔެން، އަދި ޔެގަންއަން، (2010) ފާހަގަކުރާގޮތުގައި ކޮލިޓޭޓިވް ދިރާސާތަކުގައި މިހާރު ބޮޑަށް އަމާޒުކުރެވެނީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންކުރާ ވަސީލަތްތަކާއި އުސޫލުތަކުގައި އެކުލެވިގެންވާ ގޮންޖެހުންތަކެއް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. ޚާއްޞަކޮށް އެކުދިންނަށް ބޭނުންކުރެވޭ އިންޓަރެކްޓިވް ވިޝުއަލް ސަޕޯޓްތަކަށް ޑިޒައިން ގައިޑްލައިންތައް ހަދާ އޭގެ ނަތީޖާ ފެންނަ ނުފެންނަގޮތްތަކުގެ ތަޖުރިބާތަކަށް ދިރާސާތައް އަމާޒު ކުރެވެއެވެ. މިކަރުދާހުގައި ހުށަހަޅާފައިވާ ލަފާތަކުގެ ތެރޭގައި ވިޝުއަލް ޝެޑިއުލުތަކުގެ ޑިޒައިން އިތުރަށް ހަރުދަނާ ކުރެވޭނެ ތިން ޕްރޮޓޯޓައިޕް ސިސްޓަމެއް ހުށަހަޅައިފައިވެއެވެ. މިގޮތުން ބަޔާންކޮށްފައިވާ ކަމަކީ ބޮޑެތި ގްރޫޕް ޑިސްޕްލޭތަކާއި، މޯބައިލް ޕާސަނަލް ޑިވައިސްތަކާއި، ޕާސަނަލް ރެކޯޑިންގ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން މުވާޞަލާތު ކުރުމަށް އެހީތެރިވެދޭ ވަސީލަތްތައް ހެދުމަށެވެ.

ވިޝުއަލް ސަޕޯޓްތަކަކީ މުވާސަލާތަށް އެހީތެރިވުމަށްޓަކައި އަޅުގަނޑުމެންނަށް އާންމު ދިރިއުޅުމުގައި ފެންނަ ބާވަތްތަކެއް ކަމުގައި ވެދާނެ، ހަށިގަނޑުގެ ބަސް ނުވަތަ މާހައުލުގެ ތެރޭގައި ހުންނަ ގުދުރަތީ ނިޝާންތައް ފަދަ ކަންކަމެވެ [22]. އަދި ގުދުރަތީ ގޮތުން އުފެދޭ ވިޝުއަލް ކިއުތައް މާނަކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ފަރުދުންނަށް އެހީތެރިވުމަށް ސާފުކޮށް އުފައްދާފައިވާ ވަސީލަތްތަކަކަށް ވެސް ވެދާނެއެވެ ( ފޮޓޯ 1 ). މި ކޮންސްޓްރަކްޓް ކުރެވިފައިވާ އާޓިފަކްޓްތަކުގައި ބައެއް ފަހަރު ތަސްވީރު ނުވަތަ ޙަރަކާތްތެރި ތަކެތި ބޭނުންކޮށްގެން އާދައިގެ ކޮންމެ ދުވަހެއްގެ ބޭނުންތަކާއި އަސާސީ މުވާޞަލާތުގެ އުނިއިތުރުތައް ތަމްސީލުކުރެއެވެ [9]. މި ހާލަތްތަކުގައި މުވާސަލާތު އިތުރުކުރުމަށް ވިޝުއަލް ސަޕޯޓް ބޭނުންކުރަނީ، އަޑުއިވުމުގެ ނިޒާމަށް ދަތިކަން ހުންނަ މީހަކަށް އިޝާރާތުގެ ބަހަކީ ބަހުގެ ވިޝުއަލް ރެޕްރެޒެންޓޭޝަނަކަށް ވެދާނެ ގޮތަށެވެ. އޮގްމެންޓޭޓިވް އަދި އަލްޓަނޭޓިވް ކޮމިއުނިކޭޝަން އަށް ބޭނުންކުރާ ހައިޓެކް ޑިވައިސްތަކަކީ ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވަގުތު ފާއިތުވަމުންދާ ވަރަކަށް ބަހުގެ ހުނަރު ބިނާކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ [22]. މި ޓޫލްތަކުގެ ތެރޭގައި އާންމުކޮށް ހިމެނެނީ ސްޕީޗް ޖެނެރޭޝަން ފަންކްޝަނަލިޓީ، އައި ޓްރެކިންގ، އަދި ޑިވައިސްތަކުގެ ޑައިނަވޮކްސް ސޫޓްގައި ދައްކާފައިވާ އެހެނިހެން ކުރިއަރާފައިވާ ފީޗާސްތަކެވެ ވަގުތާއި ހާދިސާތަކާއި ތަންތަނުގެ ވިސްނުން އިތުރުކުރުމަށްޓަކައި، މިއީ ވިޝުއަލް ޝެޑިއުލްގެ ނަމުން މަޝްހޫރު ވަސީލަތެކެވެ [34]. ވިޝުއަލް ސަޕޯޓްތަކުގެ ސަބަބުން އޭއެސްޑީ އާއި ގުޅުންހުރި އަލާމާތްތައް މަދުވާކަން ވަނީ ފާހަގަކުރެވިފައެވެ

 

އެމީހުންގެ ފައިދާ ބޮޑު ނަމަވެސް، ވިޝުއަލް ސަޕޯޓް ބޭނުންކުރުމަކީ ގިނަ ޓީޗަރުންނާއި ބެލެނިވެރިންނާއި އެހެނިހެން ބެލެހެއްޓުންތެރިންނަށް އުނދަގޫ ކަމެކެވެ. މި އެނަލޮގް، އަދި ބޮޑު ތަނުން ކަރުދާހުގައި ބިނާކޮށްފައިވާ ޓޫލްތައް ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް މި ޓޫލްތަކުގެ ސަބަބުން އޭއެސްޑީ ހުންނަ ކުދިންގެ މުވާސަލާތީ ހުނަރާއި އިޖުތިމާއީ ހުނަރު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. ދެވަނަ ކަމަކީ، މިހާރުވެސް އަދި ކުއްޖާ ތަރައްޤީވަމުންދާ ވަރަކަށް ކޮންމެ ޚާއްޞަ ކުއްޖަކަށް ސަޕޯޓް ކުރެވޭ ވަރަށް ފްލެކްސިބަލް ވާންޖެހެއެވެ. އެންމެ ފަހުން ބެލެހެއްޓުންތެރިންނަށް ގިނަ ފަހަރަށް މި ވަސީލަތްތައް އުފެއްދުމާއި، ބޭނުންކުރުމާއި، އެ ވަސީލަތްތަކުގެ ފައިދާ މޮނިޓަރ ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. މިގޮތުން މި ވަސީލަތްތައް ފަރުމާކުރެވިފައިވާ ކުދިންނަށް އެހީތެރިވެދީ، ބެލެހެއްޓުންތެރިޔާއަށް އެންމެ ކުޑަ ބުރައަކާއެކު އެހީތެރިވެދީ، ބެލެހެއްޓުންތެރިންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވެސް އެހީތެރިވާންޖެހެއެވެ.

އެ ކުއްޖާ “ސާފުކޮށްލުމަށް” އެދުމުން ކުއްޖަކަށް ދައްކަންޖެހޭ ވިޝުއަލް ޕްރޮމްޕްޓެއް؛” (މަތީ މެދުތެރެ) މިއަދުގެ މޫސުމާ ބެހޭ ގޮތުން ސުވާލަކަށް ޖަވާބު ދިނުމުގެ އިޚްތިޔާރުތައް؛ (މަތީ ކަނާތްފަރާތުން) މީޑިއޭޓެޑް ސްޕީޗް ފަންކްޝަނަލިޓީއަށް ފިތާލުމުން ރެކޯޑް ކުރެވިފައިވާ އަޑެއް ކުޅޭ އޯވަރސައިޒް ބަޓަން؛ (ތިރީގައި) ގިނައިން ބޭނުންކުރާ ކާޑުތަކުގެ ސަބްސެޓެއް ހިމެނޭ ކުއްޖަކު ގެންގުޅޭ “ކޮމިއުނިކޭޝަން ވޮލެޓް” އެކެވެ.

އަދި ކްލާސްރޫމްތަކުގައި ޑިޖިޓަލް އެސިސްޓިވް ޓެކްނޮލޮޖީތަކުގެ މިހާރުގެ ހާލަތު ވެސް އަޅުގަނޑުމެން ދިރާސާކުރިން. ނަމަވެސް އަޅުގަނޑުމެންގެ އިންޓަވިއުތަކުގައި އެއްގޮތަކަށް ވެސް ފާހަގަކުރެވުނު މައުޟޫއަކީ، ޚާއްޞަކޮށް މޮބައިލް ޗައިލްޑް ސެންޓްރިކް މޮޑެލްއަކަށް މި ޑިވައިސްތައް ބެލެހެއްޓުމުގައި ނިސްބަތުން ބޮޑުކަމާއި ދަތިކަމެވެ. މީގެ އިތުރުން، މި ޑިވައިސްތަކުގެ ކޮންފިގްރޭޝަން އަދި ކަސްޓަމައިޒޭޝަން ނުވަތަ އެންޑް-ޔޫޒަރ ޕްރޮގްރާމިންގ- އިން ވަރަށް ބޮޑަށް ޓެކްސް ނެގިއެވެ. އެސިސްޓިވް ޓެކްނޮލޮޖީގެ މާހިރަކު ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ކުއްޖަކު ބޭނުންކުރުމަށް މަދު މަސްކޮޅަކަށް ޕްރޮގްރާމް ހެދުމަކީ 8-10 ގަޑިއިރުގެ މަސައްކަތް ކުރަން ޖެހިދާނެ ކަމެކެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި ބޭނުންކުރުމާއި އެޑެޕްޓް ކުރުމަށް މާ ފަސޭހަ ފްލެކްސިބަލް އަދި އިންޓިއުޓިވް އިންޓަފޭސްތަކެއް ވަރަށް ބޮޑަށް ބޭނުންވެ އެވެ.

https://link.springer.com/article/10.1007/s00779-010-0294-8

ހަވާލާދޭ ފަރާތްތައް

ހޭސް، ޖީ.އާރް، ހިރާނޯ، އެސް، މާކޫ، ޖީ، މޮނިބީ، އެމް، ންގްޔެން، ޑީ.އެޗް، އަދި ޔެގަންއަން، އެމް (2010). އޯޓިޒަމް ހުންނަ ކުދިންނަށް އިންޓަރެކްޓިވް ވިޝުއަލް ސަޕޯޓްސް. ޕާސަނަލް އެންޑް ޔުބިކިއުޓަސް ކޮމްޕިއުޓިންގ، 14، 663-680.

 

 

Leave a Comment